ކޮވިޑް-19އަށް ފަހު ރާއްޖޭގެ ޓޫރިޒަމް ސިނާއަތް، ކުރިން އަންދާޒާ ކުރި ވަރަށްވުރެ އަވަހަށް ރިކަވާ ވެފައިވާތީ ފިޗުގެ ކްރެޑިޓް ރޭޓިން ''ބީ މައިނަސް'' އަށް މަތިކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗް ރޭޓިން އެންމެ ފަހުން ރާއްޖެއަށް ރޭޓިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެފަހަރު "ބީ" އިން "ސީސީސީ" އަށް ރާއްޖޭގެ ރޭޓިން ދަށްކުރިއެވެ. ރޭޓިން ދަށްކުރި ސަބަބެއް ކަމަށް ބުނީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވުމެވެ.
ފިޗުން ރޭ ނެރުނު ރޭޓިންގައި ބުނީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އައިސްފައިވާ އަދަދަށް ބަލައި، ޓޫރިޒަމް ސިނާއަތް 70 ޕަސެންޓު ރިކަވާވެފައިވާ އިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ނިމޭއިރު ފަތުރުވެރިން އަންނަ މިންވަރު 80 ޕަސެންޓު އަދި 2023ގެ ނިޔަލަށް 100 ޕަސެންޓު ރިކަވާ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
ފިޗުން ބުނީ، 2019 ވަނަ އަހަރު ރާއްޖޭގެ ދަރަނި، އުފެއްދުންތެރިކަމުގެ ނިސްބަތުން 62،9 ޕަސެންޓުގައި ހުރުމަށްފަހު، މިދިޔަ އަހަރު 115.6 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު އެ އަދަދު 107.6 ޕަސެންޓަށް ދަށް ވާނެ ކަމަށް ފިޗުން ލަފާކުރެއެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ އިގުތިސޯދު އުފެއްދުންތެރިކަމުގެ ނިސްބަތުން 29.4 ޕަސެންޓަށް އިތުރުވާނެ ކަމަށާއި އަންނަ އަހަރު 10 ޕަސެންޓަށް އިތުރުވާނެ ކަމަށްވެސް ފިޗުން ވަނީ ލަފާކޮށްފައެވެ.
ފިޗުން ބުނީ، ރާއްޖޭން ވިއްކި ސުކޫކާ ގުޅިގެން 2026 ވަނަ އަހަރަށް ހަމަވާ ބޭރުގެ ދަރަނިތައް ދެއްކުނު ނަމަވެސް އަދިވެސް ރީފައިނޭންސިން ރިސްކު މަތި ކަމަށެވެ. އަދި ފައިނޭންސިން ހޯދުމުގައި ރާއްޖެއިން މަލްޓިލެޓެރަލް އަދި ބައިލެޓެރަލް ފަރާތްތަކަށް އަދިވެސް ބަރޯސާވާން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު