މާލޭގެ ހުކުރު މިސްކިތުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން މިރޭ ބުނީ، މިސްކިތުގައި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްވުމުގެ ސަބަބުން ކަމަށެވެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް މިސްކިތަށް ގެއްލުމެއް ލިބިފައިވާ ނުވާކަމަށް ވެސް ބުންޏެވެ.

އަދި ބުނީ ކަރަންޓު ވަޔަރިންގެ ހާލަތު ޔަގީންކުރުމަށް މިހާރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަށް މިސްކިތް އަލުން ހުޅުވާނެ ކަމަށެވެ.

ކަރަންޓު ޝޯޓުވުމުގެ ސަބަބުން ނަރުތަށް ހަލާކުވެފައިވާތީ މާދަމާ އެ މިސްކިތުގައި ހުކުރު ނަމާދު ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސައިފައެވެ.