ޑްރައިވިން ލައިސަންސް ނަގާނެ ހާއްސަ ސަރަހައްދެއް ގާއިމު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުޅުމާލޭން ބިމެއް ހަމަޖައްސައިފިއެވެ.
ޑްރައިވިން ލައިސަންސް ނެގުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ލޮޓް ނަމްބަރު 10909 އެވެ. އެ ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދަކީ 20،163.58 އަކަފޫޓުގެ ބިމެކެވެ.
ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުން އަންނަ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ގާއިމުކުރެވިގެންދާ ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެކަން ކަމަށެވެ.
ހުޅުމާލޭ ޕޯޓާ ޖެހިގެން އޮންނަ ބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު