ޚަބަރު

އަނެއްކާވެސް ޓެކްސީ ޑްރައިވަރެއްގެ އަތުން ފޭރިގެންފި

ރިފާ ހަލީލު

ހުޅުމާލެއިން މާލެ އަށް ޓެކްސީއެއްގައި އައި ދެ މީހަކު ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފޯނު ފޭރިގެންފި އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެ އަށް ޓެކްސީއެއްގައި އައި ދެ މީހަކު ގިޔާސުއްދީން ސްކޫލް ކައިރިން ޓެކްސީ ޑުރައިވަރަށް ވަޅިން ބިރުދައްކައި އޭނާގެ ފޯނު ފޭރުނު މައްސަލައެއް ރޭ ދަންވަރު 1:10ގައި ފުލުހުންނަށް ރިިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މީގެ ކުރިންވެސް މާލޭ މަޖީދީ މަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީއަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިގެން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި ޑްރައިވަރު އަތުން 700 ރުފިޔާ ވަނީ ފޭރިގެންފަ އެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ އިރު ފުލުހުން އަންނަނީ އެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.