ބިގްބޮސް 15 ގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ކަރަން ކުންދުރާ ވަނީ މިދިޔަ އަހަރު އޭނާ ތިން އަހަރަށްވުރެ ގިނަދުވަހު ރަށްޓެހިވެގެން އުޅުނު އަނުޝާ ދަންދޭކަރާ ރުޅިވެފައެވެ.
ވީޖޭ އަނުޝާ އަދި ކަރަން ރަށްޓެހި ވެގެން އުޅުނުއިރު ދެ މީހުންވަނީ އެމްޓީވީން ގެނެސްދިން ''ލަވްސްކޫލް'' ވެސް މީގެކުރިން ހުށަހަޅައިދީފައެވެ. މި ދެތަރިން ކުއްލިއަކަށް ރުޅިވި ވާހަކަ ގިނަބަޔަކަށް ހައިރާންކަން ގެނުވި ހަބަރަކަށްވީއިރު ދެމީހުން ރުޅިވާން ދިމާވި ސަބަބެއް ސީދާ ހާމަކޮށްފައެއް ނުވެއެވެ. ބިގްބޮސް ގޭތެރެއިން ރޭ ގެނެސްދިން އެޕިސޯޑުގައި ޝަމީތާ ޝެޓީ އާއި ކަރަން މި ވާހަކަތައް ހިއްސާކުރާތަން ވަނީ ދައްކައިފައެވެ.
ކަރަން ބުނާގޮތުގައި އޭނާ އަތުން ވަރަށް ގިނަ ގާތް ރަށްޓެހިން ބީވެގެން ގޮސްފިއެވެ. އޭގެ ސަބަބަކީ ކޮވިޑުތޯ ޝަމީތާ އެހުމުން އެއީ އަނުޝާ އާ ރުޅިވުމުން ވީކަމެއް ކަމުގައި ކަރަން ބުނެއެވެ. ކަރަން ބުނިގޮތުގައި އޭނާ އަނުޝާ އަށް ގޮސް ހުސްވުމުން ރަށްޓެހިން ޝަކުވާ ކުރިއެވެ. އަދި އޭގެ ސަބަބުން ރަށްޓެހިން އޭނާ އާ ދުރުވި ކަމަށް ވެސް ކަރަން ބުނެއެވެ. ކަރަން ބުނިގޮތުގައި އެދުވަސްކޮޅު ވަރަށް ބައިވަރު ކަންތަކާ އެއްފަހަރާ ކުރިމަތިލާން އޭނާއަށް ޖެހުނެވެ. ރަށްޓެހިންނާއި، އާއިލާ އާއި ލޯބިވެރިޔާ އާއި އެންމެންނާއެކު ގިނަ މައްސަލަތަކެއް ލޮކްޑައުންގެ ދުވަސްކޮޅު ޖެހުނުކަމުގައި ކަރަން ކިޔައިދެއެވެ. ކަރަން ބުނިގޮތުގައި އޭނާއަކީ އެންމެންނަށްވެސް ވަރަށް އަޅާލާ މީހެކެވެ.
އަނުޝާގެ ވާހަކަ ދައްކަމުން ކަރަން ބުނެފައިވަނީ ދެމީހުން މައްސަލަ ޖެހި ވާހަކަ ދައްކައިގެން ހައްލުކުރަން އުޅުނު ނަމަ އެ ގުޅުން ސަލާމަތް ކުރެވުނީސް ކަމަށެވެ. އަނުޝާ އެކަމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކަރަން އެ ފުރުސަތު އޭނާއަށް ނުދިނީ ކަމުގައި އޭނާ ބުނެއެވެ. ''ދެމީހުންނަށް އެކަކު އަނެކަކު ދަސްވެފައި އޮތްނަމަ ކަންކަން ރަނގަޅު ކުރެވުނީސް. އަހަންނަށް އަހަރެންގެ މައްސަލަތައް ހައްލުކޮށް އެ ގުޅުމަށް ބުރޫ އެރިޔަ ނުދެވުނު ނަމަ، ކަންކަން ބަދަލުކުރެވުނީސް'' ޝަމީތާ ކައިރީގައި ކަރަން ބުނެއެވެ.
އަނުޝާ މި ޝޯ ބަލާނެ ކަމަށާއި ކަރަންގެ ވާހަކަތައް އަޑު އަހާފައި ދެމީހުން އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ޝަމީތާ ބުނެއެވެ. އެކަމަށް އެއްބަސް ވެ ކަރަންވެސް އެ ގޮތަށް އުއްމީދު ކުރާ ކަމަށް ބުނެއެވެ. ނަމަވެސް ކަރަން ފާހަގަކުރި ގޮތުގައި އަނުޝާ އަށް އެކަމާ ދެކޮޅަށް ނަސޭހަތް ދޭނެ މީހުން އޭނާ ވަށައިގެން ތިބޭނެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން