ޚަބަރު

ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ އެ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު އިފުތިތާހު ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު އިސްމާއިލް ރަފީގާއި ޑެޕިއުޓީ މޭޔަރު މުހައްދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަގުސަދަކީ އެ ސިޓީގެ ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ. އަދި މުޖުތަމައާ ގުޅުން ހުރި އެކަހަލަ މަސައްކަތްތަކުގައި އެމްޓީސީސީން ހިއްސާވުމަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށް ބުންޏެވެ.