ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ އާއިލާތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ދުބާއީ މޯލްގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ދިވެހި އާއިލާތަކާ ހިޔާލު ބަދަލުކުރައްވައި އެ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައެވެ.
ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު