މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވެއިރާއި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
މިއީ މިއަދު ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ. މިއަދު މެންދުރުފަހުވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައެވެ. މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓުދީފައިވަނީ މެންދުރުފަހު 1:40 ހާއިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު