ޚަބަރު

މަނަދޫ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނިއުޝާ

ނ. މަނަދޫ އާ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް އެޅުމާއި، އަދި ރޭމްޕެއް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.