އޭއެފްސީ އޭޝިއަން ކަޕް 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގެ ގްރޫޕް ސީގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިރާގުގެ ޒުވާން ޓީމު އަތުން ބަލިވެއްޖެއެވެ.
މިއަދު ބަހްރައިންގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. 2015 ވަނަ އަހަރު އިރާގާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ކުޅުނު މެޗުން ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ. މިއީ އޭގެ ފަހުން ޒުވާން ޓީމުން އިރާގާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އިރާގުން ދެ ގޯލު ޖެހިއެވެ. އިރާގުގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ރެދާއެވެ. އެޓީމުގެ ދެވަނަ ގޯލަކީ ޕެނަލްޓީއެއްގައި އަހުމަދު ސާޓިޕް ޖަހައިދިން ގޯލެކެވެ.
އިރާގުން ދެވަނަ ހާފުގައި ރާއްޖެ ކޮޅަށް ޖެހި ދެ ގޯލަކީ ވަކާ ރަމަދާން ޖެހި ދެ ގޯލެވެ. އޭނާގެ ފުރަތަމަ ގޯލު ހާފުގެ ކުރީކޮޅުގައި ޖެހިއިރު، ދެވަނަ ގޯލު ޖެހީ 86 ވަނަ މިނެޓުގައެވެ.
ރާއްޖެ އާއި އިރާގުގެ އިތުރުން ގްރޫޕް ސީގައި ދެން ވާދަކުރަނީ އަފްގާނިސްތާނާއި ބަހްރައިންނެވެ. ގްރޫޕުގައި ބަހްރައިން އާއި އަފްގާން ވާދަކުރާ މެޗު މިހާރު ދަނީ ކުޅެމުންނެވެ.
- ހައިޝަމް ހަސަން (ބިޑި)/ ކެޕްޓަން
- ހުސައިން އަހުސަމް މޫސާ
- ނިޝާމް މުހައްމަދު ރަޝީދު
- އަބްދުﷲ ޔާމީން
- މޫސާ އަޒީމް ހަސަން
- ހަސަން ނަޒީމް (ޗޯޓޫ)
- އިސްމާއީލް ޒާން އާމިރު
- ހުސައިން ފައިސަލް
- ހަސަން އީނާޒް
- އަލީ ނާޖިހު / ގޯލްކީޕަރު
- ޒައިން ޒަފަރު
ރާއްޖޭގެ 23 އަހަރުން ދަށު ޓީމު ކޯޗަކީ އަލީ ސުޒޭނެވެ. އެސިސްޓެންޓް ކޯޗަކީ ސޮބާހު މުހައްމަދު (ސޮބާ) އެވެ.
ކޮލިފިކޭޝަންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ބަހްރައިންއާ ދެކޮޅަށް މިމަހުގެ 28 ވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު