މާލޭގައި ޓެކްސީއަކަށް އެރި ދެ މީހަކު ޑްރައިވަރަށް ބިރު ދައްކައި ފޭރިއްޖެއެވެ.
ފުލުހުން ބުނީ މާލޭ މަޖީދީ މަގުން ހުޅުމާލެ ދިއުމަށް ޓެކްސީއަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިގެން މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށްފަހު، ދެމީހުން ކާރުން ފައިބައިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު