ޔުނިވާސަލް ކުންފުނީގެ ހިއްސާދާރުން ހިމެނޭ ފާރުފުށި އިންވެސްޓްމަންޓުން ހިންގަމުން އައި ފާރުފުށި ރިސޯޓު އިޓަލީގެ އެމެރަލްޑް ކަލެކްޝަނުން ގަނެފިއެވެ.
ހަ ކެޓަގަރީއެއްގެ 80 ވިލާގެ ފާރުފުށި ރިސޯޓު ވިއްކާލަން ނިންމައި އެކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މާޗު 2019ގައި ހުޅުވި ހަތް ހެކްޓަރުގެ ފާރުފުށި ރިސޯޓުގައި ފަސް ރެސްޓޯރެންޓާއި ދެ ބާ ހުރެއެވެ.
އެ ރިސޯޓް އެމެރަލްޑުން ގަތްކަން ބޭރުގެ ބައެއް ވިޔަފާރި ނޫސްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، ގަތް އަގެއް ބުނެފައެއް ނުވެއެވެ.
އެމެރަލްޑުން މިހާރުވެސް އަންނަނީ ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަސްމެންދޫގައި އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.
އެމެރަލްޑް ކަލެކްޝަންގެ ޕާޓްނަރ އެންޑް މެނޭޖިން ޑިރެކްޓަރު އަލްޑޯއާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާގެ ނަމަށް ފާރުފުށި ރީބްރޭންޑުކޮށް އަލުން ހުޅުވަން ނިންމާފައިވަނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އަދި އެ ރިސޯޓް ހުޅުވާނީ ހުރިހާ އުމުރެއްގެ ފަތުރުވެރިންނަށްވެސް ގުޅޭ ކަންކަން ހިމަނައިގެން ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު