ޔޫތު އެވޯޑް ދިހަ ފަރާތަކަށް ދީފި އެވެ.
ޔޫތު އެވޯޑް ދީފައިވަނީ ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޔޫތު އެވޯޑަށް 17 ދާއިރާއަކުން ކުރިމަތިލާން ހުޅުވާލިއެވެ. ނަމަވެސް ބައެއް ދާއިރާތަކަށް ކުރިމަތިލާފައި ނުވާތީ މިރޭގެ ޖަލްސާގައި އެވޯޑް ދީފައިވަނީ ދިހަ ދާއިރާއަކުންނެވެ. ޖަލްސާގައި އެ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
- މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔައްމާން، ލ. ގަން
- ތިމާވެށީގެ ދާއިރާ - އަފާ ހުސައިން، ހދ. ކުޅުދުއްފުށި
- ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ - އަހުމަދު އަބްދުލް ކަރީމް، ވ. ކެޔޮދޫ
- ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާ - އައިޝަތު ތޯއިފާ، ހދ. ކުޅުދުއްފުށި
- ދަނޑުވެރިކަމުގެ ދާއިރާ - އަލީ ފަވާޒް، އއ. ތޮއްޑޫ
- ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ - އަރުޝަދު އަހުމަދު، ހއ. އުލިގަމް
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމުގެ ދާއިރާ - ހަސަން ފަރުހާން އަހުމަދު، މ. ވިކްޓްރީޕާކް
- ދިވެހިބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ - އިއްޒަތު އަހުމަދު ނިޒާރު، ހދ. މަކުނުދޫ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ދާއިރާ - މަރިޔަމް ޝަހުދާ، މާލެ
- އާޓް އަދި ފަންނުވެރިކަމުގެ ދާއިރާ - ނާޒިމް ހަސަން، ހދ. ކުޅުދުއްފުށި
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުންދޭ އިނާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު