ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން "އެޗް3" ގެ ކޮމާޝަލް އޭރިއާގައި ޑޭ ކެއާ ސެންޓަރެއް ހަދައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފިއެވެ.
އެޗްޑީސީން ބުނީ، ޑޭ ކެއާ ސެންޓަރު ހެދުމަށް 2،190.88 އަކަފޫޓުގެ ޖާގައެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ޑޭ ކެއާ ސެންޓަރު ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެގޮތުން ޕްރޮޕޯސަލާއެކު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހޭ ކަމަށް އެޗްޑީސީން ބުންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުންތަކާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހިޔާ ފްލެޓުތަކަށް މިހާރު 300 އެއްހާ އާއިލާ ބަދަލުވެފައިވާ އިރު، އެޗްޑީސީން އަންނަނީ އެތަނުގެ ކޮމާޝަލް އޭރިއާ އެކި ބޭނުންތަކަށް ދޫކުރަމުންނެވެ. އެގޮތުން ތަފާތު ވިޔަފާރިތަކަށާއި، ކުލިނިކް އަދި ސެލޫންތަކަށްވެސް ހުޅުވާލައި، މިހާރު ބައެއް މަސައްކަތްތައްވެސް އެ ސަރަހައްދުގައި ކުރިއަށްގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު