ޒަކާތް ދިނުމަކީ މާތް ﷲ މުދާ ތާހިރު ކުރައްވައި ރައްކާތެރިކޮށްދެއްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ޒަކާތް ދިނުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ޒަކާތް ދިނުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށާއި ކީރިތި ޤުރުއާނުގައި ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާ ގުޅިގެން ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައި ވުމުން އިސްލާމް ދީނުގައި ޒަކާތަށް ދެވިފައިވާ ގަދަރު ވަރަށް ރަނގަޅަށް ފާޅުވާ ކަމަށެވެ.
މާތް ﷲ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ވަރަށް މަތިވެރި ހިކުމަތަކަށްޓަކައިކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ޒަކާތުގެ ސަބަބުން އަޅުތަކުންގެ ހިތްތައް ދަހިވެތިކަމުގެ ނުބައި ސިފައިން ސަލާމަތްވެ، އެބައިމީހުންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވައި، އިތުރު ކުރައްވާ ކަމަށެވެ.
ހުތުބާގައި ބުނީ ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އަދި އެއީ ވޭންދެނިވި އަޒާބު ހުރި ކަމެއް ކަމަށެވެ. މުދަލަކީ މާތް ﷲ ދެއްވާ އެއްޗެއްކަމުން އެކަލާނގެ އިރާދަ ކުރެއްވި އަޅަކު، މުއްސަނދި ކުރައްވާ ކަމަށާއި އަދި އިސާހިތަކު މީހެއްގެ މުއްސަނދިކަން ފަގީރުކަމަށް ބަދަލުކުރައްވާ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މުދަލަކީ މީހާ ކިތަންމެ ލޯބިވީ ނަމަވެސް މަހުޝަރަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި ދުނިޔޭގައި ކިތަންމެ މުދަލެއް އެއްކުޅަޔަސް، އިންސާނާ ދާންޖެހޭނީ އެ ހުރިހާ ތަކެއްޗެއް ދޫކޮށްފައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު