އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ ދަންވަރު 1:30 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން މިހެން ބުނެފައިވާ އިރު، ގެއަކުން ރޭ އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް ފުލުހުން ބުނީ، އެ މުއައްސަސާއަށް ރަހީނުކުރި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު