ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީން ނިންމާފައި މިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.
ގުރައިދޫ ފަޅުތެރޭގައި ހަދާފައިވާ މި ޕިކްނިކް އައިލެންޑު ހެދުމަށް 1.7 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމުލަ 13.4 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީން ވަނީ ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ނިންމާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު