ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ރޭ ބާސެލޯނާއިން ޑައިނަމޯ ކިއޭވް ބަލިކޮށް، އެޓީމުން ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.
ބާސާ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތްއިރު ބާސާ އޮތީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަޔާން އަތުން ބަލިވެފައިވާ އިރު، ދެވަނަ މެޗުގައި ބެނިފީކާ އަތުންވެސް ބާސާވީ ބައްޔެވެ.
ރޭގެ މެޗުގައި ބާސާގެ ހަމައެކަނި ގޯލު، މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދިނީ ޖެރާޑް ޕީކޭއެވެ. ޕީކޭގެ ގޯލަކީ ޖޯޑީ އަލްބާގެ ހުރަހަކުން އޭނާ ގޯލަށް ފޮނުވާލި ބާރު ހަމަލާއެކެވެ. ރޭގެ މެޗަށް ނުކުތްއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސާއަށް ގޯލެއްވެސް ނުޖެހި އޮތް އިރު، މެޗުގެ ގޯލާއެކު ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި ތަން ފެނިގެން ގޮސްފައިވެއެވެ.
ރޭގެ މެޗު ބާސާއިން ކޮންޓްރޯލުކޮށް ކުޅެމުން ދިޔަ އިރު، އިތުރު ފުރުސަތުތައްވެސް ފަހިވިއެވެ. ސާޖިއޯ ޑެސްޓް ބޮލުން ޖެހި ބޯޅައެއް ގޯލާ އަމާޒު ނުވެ މަތިން ގޮސްފައިވާ އިރު، އަންސޫ ފަޓީއަށް ލިބުނު ފުރުސަތެއް އޭނާ ބޭކާރުކޮށްލިއެވެ.
މެޗުގެ ދެވަނަ ހާފަށް ސާޖިއޯ އަގުއޭރޯ ކުޅެން ނުކުމެފައިވާ އިރު، އޭނާގެ ބާރު ހަމަލާއެއް ބްލޮކް ވެގެން ބޭރަށް ދިޔައީ ޑިފެންޑަރު ގައިގައި ޖެހިފައެވެ. ބާސާއިން ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ގްރޫޕް އީގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތް އިރު، ދެވަނައިގައި އޮތީ ބެނިފީކާއެވެ.
ބާސާއިން ލީގުގައި ދެން ކުޅެން އޮތް މެޗުގައި ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު