މާލޭގެ އިމާރާތެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެއެވ.ެ

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ވަން"ގެ ނޫސްވެރިޔާ ބުނީ، ރޯވީ އަމީނީމަގުގައި ހުންނަ ސީގަލް ފުޑްސް ހުންނަ އިމާރާތުގެ އެންމެ މަތީގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފުންނާއި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ވަން"ގެ ނޫސްވެރިޔާ ބުނީ، އެ އިމާރާތުގެ އެންމެ މައްޗަކީ އެކޮމަޑޭޝަން ބުލޮކެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި އިރު، އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ބުންޏެވެ.

އެ އިމާރާތުގައި ދިރިއުޅޭ މީހަކާ ހަވާލާދީ އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނީ، ރޯވި އެކޮމަޑޭޝަން ބުލޮކުގައި 10 މީހުން ނިދާ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެންމެންވެސް އުޅުނީ ޑިއުޓީގައި ކަމަށެވެ.

އަދި އެތަނަކީ ކައްކައި ކައި އުޅޭ ތަނެއް ނޫން ކަމަށާއި އަލިފާން ރޯވީ އޭސީގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށްވެސް އިމާރާތުގައި ދިރިއުޅޭ މީހާ ބުންޏެވެ.