ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އެ ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރުގެ ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ސާބިތު ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސުލޫކީ މައްސަލަ އެ ކޮމިޝަނުން ބަލައިފައިވާ ކަމަށެވެ.
އެ މައްސަލަ ކޮމިޝަނުން ބަލައި ތަހުގީގު ކުރުމުން، އޭނާގެ މައްޗަށް އެމައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތަށް ނިންމާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ އަޣުލަބިއްޔަތުން ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު