އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތިން ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ދަނގެތީ ގެއެއް ބަލައި ފާސްކޮށް އިއްޔެގެ ވަގުތެއްގައެވެ. އެ ބިދޭސީ މީހާއަކީ އެ ރަށު ނެދަންގޭގައި އުޅޭ އުމުރުން ދުވަސްވީ ފިރިހެނަކު ބަލަން ގެނެސްފައި ހުންނަ މީހެކެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެ ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ދަނގެތީ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގެއެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނާ ގޮތުން، މަހުމޫދުގެ ބޮލަށާއި ކަރުގައި ފުން ޒަހަމްތަކެއް ހުއްޓެވެ.
ދަނގެތިން "ވަން" އާ މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ، މަހުމޫދު ގެއްލުނު ރޭ، ބިދޭސީ މީހާ އުޅޭ ނެދުންގޭ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށެވެ. އަދި ފާރު މަތިން ބޯ ދިއްކޮށްލައި ބަލާލި އިރު އެއްޗެއް ދަމާފައި ގެންދާ ކަހަލަ އަޑެއް އިވުނު ކަމަށާއި ނަމަވެސް އަނދިރި ކަމުން އެއްވެސް އެއްޗެއް ނުފެނުނު ކަމަށް އަޑު އިވުނު މީހާއާ ހަވާލާދީ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު