އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ފައިނަލް މެޗުގައި ނޭޕާލާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ ފައިނަލް މެޗަކީ އިންޑިއާގެ 12 ވަނަ ފައިނަލް މެޗު. މިހާތަނަށް އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވޭ. އެންމެފަހުން އެޓީމުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2015 ވަނަ އަހަރު. އިންޑިއާއަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ގައުމު. އަނެއްކޮޅުން ފައިނަލަށް ނުކުންނަ ނޭޕާލަށް މިރޭގެ މެޗަކީ ތާރީހީ މެޗެއް. މިއީ އެގައުމުގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް. ނޭޕާލުން މިރޭ ނުކުންނާނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމުގެ ވިސްނުމުގައި.
- ނޭޕާލް
- ނޭޕާލް 1-0 ދިވެހި ރާއްޖެ
- ނޭޕާލް 3-2 ސްރީ ލަންކާ
- ނޭޕާލް 0-1 އިންޑިއާ
- ނޭޕާލް 1-1 ބަންގުލަދޭޝް
- އިންޑިއާ
- އިންޑިއާ 1-1 ބަންގުލަދޭޝް
- އިންޑިއާ 0-0 ސްރީ ލަންކާ
- އިންޑިއާ 1-0 ނޭޕާލް
- އިންޑިއާ 3-1 ދިވެހި ރާއްޖެ
އިންޑިއާގެ ކޯޗު އީގޯ ސްޓިމަކާއި ނޭޕާލް ކޯޗު އަބްދުﷲ އަލް މުތައިރީއަކީ މިހާތަނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރި ދެ ކޯޗުން. ނޭޕާލާއި އިންޑިއާ ކުޅުނު މެޗުގައި އިންޑިއާ ގޯލު ޖެހުމުން އިންޑިއާ ކޯޗު އުފާފާޅުކުރީވެސް ނޭޕާލް ކޯޗުގެ ސެލެބްރޭޝަނަށް "ޖޯކު" ޖެހުމަށް ކަމަށް ނޭޕާލް ކޯޗު ވަނީ ބުނެފައި. އެހެން ނަމަވެސް އިންޑިއާގެ ކޯޗު އެކަމަށް އިންކާރު ކުރި.
މިރޭގެ މެޗަށް ނުކުންނައިރު ދެ ކޯޗުންވެސް ބެންޗުގައި ނުތިބޭނެ. އިންޑިއާ ކޯޗު ބެންޗުގައި ނުހުންނާނީ ރާއްޖެއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުން. މުތައިރީ ބެންޗުގައި ނުހުންނާނީ އޭނާއަށް ދެ ރީނދޫކާޑު ދަައްކާފައިވުމުން. ދެ ރީނދޫ ކާޑު ދެއްކުމުން މުތައިރީއަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފުން އެންގުމުން އެކަމާ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި. މުތައިރީ ބުނީ ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް ކޯޗަކަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފްގެ ގަވާއިދު ބުނެފައި ނުވާ ކަމަށާއި، އެ މައްސަލައިގައި ސާފް ގޮވައިގެން ކުޅިވަރުގެ ކޯޓް އޮފް އާބިޓްރޭޝަން އަދި ފީފާއަށްވެސް ދާނެ ކަމަށް.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް