މާލޭގެ ސްކޫލެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމަށެވެ. އެއީ އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވެސް ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު ކަމަށް "ވަން" އަށް ވަނީ އެނގިފައެވެ. އަދި އެ ކުއްޖާއާ ބެހުނީ އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އަންހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނ. އަތޮޅުގެ ރަށެއްގައިވެސް ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބޮޑުބޭބެގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މައްސަލަ ވަނީ ފެންމަތިވެފައެވެ. މި ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ އެކުއްޖާގެ ބޮޑުބޭބެ ވަނީ މިހާރު ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު