ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވާ 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރޭ ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން މަސްތުވާތަކެއްޗާއެކު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ތަފުސީލެއް ނުދެއްވައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެ މީހެކެވެ. އަދި އެމީހުންގެ ބަންދަށް މަޑުއްވަރީ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ދުއިސައްތަ ފަނަރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، މީގެ ދެ ދުވަސް ކުރިން 100 ކިލޯގެ މަސްތުވާތަކެތި ހޯދައި، 10 މީހަކު ހައްޔަރުކުރިއެވެ. އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ކޯޓުން ހަތަރު މީހަކަށް 15 ދުވަސް އަދި ތިން މީހަކަށް ދިހަ ދުވަސް ޖަހައި ދެ މީހަކު ވަނީ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު