ވިހި ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕު ކޮށްގެން ގެނެސްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒް ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕު ކޮށްގެން ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.
ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ ފަސް ރުފިޔާ އަދި ދިހަ ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފަ އެވެ. ނޫޓު ތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައި ވެ އެވެ.
މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒް އަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒް އެކެވެ. ރަން ދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓް، 500 ރުފިޔާގެ ނޫޓް 100 ރުފިޔާގެ ނޫޓް، 50 ރުފިޔާގެ ނޫޓް 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުގެ އިތުރުން ފަސް ރުފިޔާގެ ނޫޓެވެ. މި ނޫޓްތައް ތައްޔާރުކޮށްފައި ވަނީ ޕޮލީމާ މެޓީރިއަލް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު