އެންޓި ޓޯޗާ ރިޕޯޓަށް ބިނާކޮށް ހަދާފައިވާ ޕްރެޒެންޓޭޝަނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ، އެ ކޮމިޝަނުގެ 2020-2021 ވަނަ އަހަރުގެ އެންޓި-ޓޯޗާ ރިޕޯޓަށް ބިނާކޮށް ހަދާފައިވާ ޕްރެޒެންޓޭޝަނެއް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖެންޑާ ކޮމިޓީއާއެކު އެޗްއާރްސީއެމުން ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ފަސް މެންބަރުންނާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލެވެ.

މި ޕްރެޒެންޓޭޝަނަށް ފަހު ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އެޗްއާރްސީއެމްގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ ޖަވާބުދެއްވައިފައެވެ.