ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހިތްވަރު ދެއްވައިފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމަކާ ގުޅިގެން ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅުންތެރިން ޕްރެކްޓިސްއަށް ދިޔަ ވަގުތާ ދިމާކޮށެވެ.
ސިފައިންގެ ސެކިއުރިޓީގައި ބަހުގައި ކުޅުންތެރިން ބޮޑުތަކުރުފާނު މަގުން ދަތުރުކުރި ވަގުތާ ދިމާކޮށް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވައި ހިތްވަރު ދެއްވައިފައެވެ.
ގައުމީ ޓީމަށް ރައީސް ޔާމީން ހިތްވަރުދެއްވިއިރު އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ ގައުމީ ޓީމުގެ ޖާޒީއެކެވެ.
ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުން ބަހުގައި ތިބި ދިވެހި ކުޅުންތެރިންވެސް ވަނީ ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވައިފައެވެ. އެ ކުޅުންތެރިންގެ މޫނުން އެވަގުތު ފެނިގެން ދިޔައީ ހިނިތުންވުމެވެ.
ގައުމީ ޓީމާއެކުގައި ހުންނެވިކަން އަންގައިދިނުމަށް ރައީސް ޔާމީންގެ ގެކޮޅުގައި މިރޭ ވަނީ ބޮޑު ގައުމީ ބޮޑު ދިދައެއްވެސް ނަގައިފައެވެ.
ޔާމީން ވަނީ މީގެ ކުރިންވެސް ގައުމީ ޓީމަށް ހިތްވަރުދެއްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާ 16 ދުވަހަކީވެސް ގައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު