އިންސްޓަގްރާމުން މޯލްޑިވިއަން އެއިރޯ ޕޭޖު ފޮލޯ ކޮށްގެން އިންޑިއާގެ ދިއްލީ އަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވިއަނުން މިމަހުގެ 21 ވަނަ ދުވަހު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ދިއްލީ އަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަނުން ބުނީ އެކުންފުނީގެ އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، އެމީހުން ހިއްސާ ކޮށްފައިވާ ޕޯސްޓަށް ލައިކުކޮށް، ތިން ރައްޓެހިންނަށް ޓެގު ކޮށް، މި ޕޯސްޓު އަމިއްލަ މީހާގެ އިންސްޓަގުރާމް ސްޓޯރީއަށް ލައި އޭގެ ސްކްރީންޝޮޓެއް މޯލްޑިވިއަންގެ އިންސްޓަގްރާމް މެދުވެރިކޮށް ފޮނުވުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ރިޓާން ދެ ޓިކެޓު ލިބޭނެ ކަމަށެވެ. އަދި ދިއްލީގައި ތިންރޭ ހުރުމުގެ ކަންކަން އެ ކުންފުނިން ހަމަޖައްސައިދޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ފުރުސަތު މިމަހުގެ 17 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި 18 ވަނަ ދުވަހު ގުރުއަތު ނެގުން އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މާފަރުން ދިއްލީ އަށް ދަތުރުތައް ފެށުމުގެ ގޮތުން މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ފޮޓޯއެއް ޑޫޑުލްކޮށްގެން ރިޓާން ދެ ޓިކެޓު ލިބޭ ހަރަކާތެއް ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންގޮސްފަ އެވެ.
މާފަރުން ނިއުދިއްލީއަށް ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ގައުމީ އެއާލައިނުން ވަނީ ބުނެފައެވެ. އެގޮތުން އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާފަރުން ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. އަދި ދިއްލީން ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށްވެސް ބުންޏެވެ.
މާފަރުން ދިއްލީއަށް ދެކޮޅު ޓިކެޓު ފެށޭ އަގަކި 285 ޑޮލަރެވެ. ދިއްލީން މާފަރަށް ދެކޮޅު ޓިކެޓުގެ އަގަކީ 312 ޑޮލަރެވެ.
މި ދަތުރަކީ ކޮވިޑަށްފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ އާ ރޫޓު ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު