ސައިބާ ކްރައިމްސް އާއި ޑޭޓާ ޕްރައިވަސީގެ ބިލެއް އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސައިބަރ ކްރައިމް އާއި ޑޭޓާ ޕްރައިވަސީގެ ބިލަކީ، އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލާ ގުޅޭ މުހިއްމު ބިލުތަކެއް ކަމަށެވެ.
އޭގެ ތެރެއިން ޑޭޓާ ޕްރައިވަސީގެ ބިލެއް އެ މިނިސްޓްރީން ޑްރާފްޓް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ބިލުގެ ބޭނުމަކީ އާއްމު ރައްޔިތުންނާއި އާއްމު ވިޔަފާރިވެރިންގެ މައުލުމާތުތައް ރައްކާ ކުރެވޭނެ ގޮތްތަކެއް ގާނޫނުން ސާފުކޮށް އެނގެން އޮތުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސައިބަރ ކްރައިމްގެ ބިލެއް އެޓާނީޖެނެރަލްގެ އޮފީހާ ގުޅިގެން ޓެލިކޮމިއުނިކޭޝަން އޮތޯރިޓީން ޑްރާފްޓް ކުރަމުން އަންނަ ކަމަށެވެ. އެ ބިލުތަކަކީ ޒަމާނާ އެއްގޮތަށް ޓެލެކޮމިއުކޭޝަން ދާއިރާއަށް ގެންނަ ބަދަލުތަކަށް މުހިއްމު ބިލުތަކެއް ކަމަށްވެސް މިނިސްޓަރު ފައްޔާޒް ފާހަގަ ކުރެއްވިއެވެ.
ކޮމިޓީން ދިރާސާ ކުރަމުން އަންނަ އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލުގައި، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ގާނޫނީ ހައްސިޔަތު ދީ، އިލެކްޓްރޯނިކް ސޮޔާއި އެފަދަ މުއާމަލާތްތަކަށް ގާނޫނީ ބާރު ދޭން ވަނީ ކަނޑައަޅައިފައެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް