އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ 20 ރިސޯޓެއް ހިމެނިއްޖެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް އަދި ޓޫރިޒަމް މަޖައްލާ ކޮންޑެ ނާސްޓްގެ ކިޔުންތެރިންގެ މެދުގައި ނަގާ ވޯޓުން ދޭ ރީޑާސް ޗޮއިސް އެވޯޑްތަކުގެ ތެރެއިން އިންޑިއާގެ ކަނޑުގެ އެންމެ މަގުބޫލު 25 ރިސޯޓު ހޮވައެވެ. އޭގެ ތެރެއިން ރާއްޖޭގެ 20 ރިސޯޓެއް ހިމެނެއެވެ.

ލިސްޓުގެ އެއްވަނައިގައި 99.91 ސްކޯއަކާއެކު ނަލަދު ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. ދެވަނައިގައި ޝެވަލް ބްލޭންކް ރަންދެލި އޮތް އިރު, ތިން ވަނައިގައި އޮތީ ސޮނެވާ ޖާނީއެވެ.

ލިސްޓުގައި ހިމެނޭ ރާއްޖޭގެ ރިސޯޓުތައް:

  • - ނަލަދު ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
  • - ޝެވަލް ބްލޮންކް ރަންދެލި
  • - ސޮނެވާ ޖާނި
  • - ސޮނެވާ ފުށި
  • - ކޮމޯ މާލިފުށި
  • - ފިނޮޅު މޯލްޑިވްސް
  • - ވަންއެންޑްއޮންލީ ރީތި ރަށް
  • - އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާސް
  • - ދަ ނޯޓިލަސް މޯލްޑިވްސް
  • - ޖޯލި
  • - ސިކް ސެންސަސް ލާމު
  • - ލަކްސް* ސައުތު އަރި އެޓޯލް
  • - ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • - ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  • - ލަކްސް* ނޯތު މާލެ އެޓޯލް
  • - އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓް
  • - ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް
  • - ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  • - ޑަބްލިޔު މޯލްޑިވްސް
  • - ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މިއީ އެންމެ މަގުބޫލް އެއް އެވޯޑަށް ވެފައިވާ އިރު، މިއަހަރުގެ އެވޯޑްތައް ހޮވާފައިވަނީ 800،000 އަށް ވުރެ ގިނަ ކިޔުންތެރިންގެ ވޯޓުންނެވެ.