ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ވަން" އަށް މިރޭ ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ނައިބު ރައީސް ފައިސަލް ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ.
ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓްކުރި ސަބަބު ސާފެއް ނުވެއެވެ.
މި ދިޔަ ފެބްރުއަރީ މަހުވެސް ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެމަނިކުފާނަށް ވަނީ ފަރުވާދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު