ދިވެހި ބަހަށާއި ދިވެހި ސަގާފަތަށް ފަހުރުވެރިވާ ދަރިންތަކެއް ބިނާކުރަން އެބަ ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭ ކަމަށެވެ.
އިމްރާން ވިދާޅުވީ، ގައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއް ސިފަ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން އެ ސިފަތައް އެންމެ ފުރިހަމަގޮތުގައި މިޖީލަށް ފޯރުކޮށްދެއްވާފައި ވާ ކަމާއި ކާބަފައިން މިހާރުގެ ޖީލަށް ގައުމު ހަވާލުކޮށްފައި މިވަނީ އެތައް ބޮޑު ގުރުބާނީ ތަކަކުން ކަމަށެވެ. އެ އަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.
ބަވަނަ ވެފައިވާ ދުނިޔޭގައި ސޯޝަލް މީޑިއާގެ ކަޅުވިލާތަކުގެ ކޮޅިގަނޑުން ސަލާމަތް ވެ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރުން އެއީ ކޮންމެހެން ވެސް ކުރަން ޖެެހޭ ކަމެއް ކަމަށާއި އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައި އެބައެއްގެ ގައުމު ހިމާޔަތް ކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތް ވެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއް ސިފަ ކަމަށް އިމްރާން ވަނީ ވިދާޅި އެވެ.
ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ އިސްލާމްދީންކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށެވެ. ދިވެހި ބަހަށް ފަރިތަ, ދިވެހި ތާރީހާއި ސަގާފަތަށް ފަހުރުވެރިވާ ދަރިންތަކެއް ބިނާކުރަން ޖެހޭ ކަމަށާއި ދިވެހިންގެ ކިބައިގައި ހުރި ރީތި އާދަތަކާއި ސިފަތައް ނަގަހައްޓަން ޖެހޭ ކަމަށެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އިންތިހާބުކުރެވުނު މި ތާރީހީ ދަނޑިވަޅުގައި, އެ މަގާމަށް އިންތިހާބުކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުالله ޝާހިދު ރާއްޖޭގެ ގައުމީ ދުވަހުގެ ޝަރަފުވެރި ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ވިދާޅުވެ, އިމްރާން ވަނީ ޝާހިދަށް މަރުހަބާ ދަންނަވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު