ރ. ދުވާފަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އަޕްޑޭޓް، އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން ބުނީ، ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެރަށު ބިން ހިއްކުމުގެ މަސައްކަތް ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލައިފައެވެ.

މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.