އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ކުޑަކަމު ދިޔަ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދޭތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތަކަކީ މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ކިބައިން ދިމާވާ މައްސަލަތަކެއް ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި ހުކުރު މިސްކިތް ތެރެއަށާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދުކުރަން ތިއްބައި މީހަކު ކުޑަކަމުގޮސްފައިވާ ކަމަށެވެ. އެހުރިހާ ތަނަކަށްވެސް ކުޑަކަމު ގޮސްފައިވަނީ އެކަކެވެ.
އެނގިފައިވާ ގޮތުގައި އެތިން ތަނަށްވެސް ކުޑަކަމު ގޮސްފައިވަނީ ފިރިހެނެކެވެ. އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު