ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސޯބެ އަށް މަގާމުގެ ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.
މިދިޔަ ތިން ދައުރުގައި އައްޑޫގެ މޭޔަރުކަން ކުރައްވާފައިވާ ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ހާސިލުކުރައްވައިފައެވެ.
ސޯބެއާއެކު ހައުސިން މިނިސްޓްރީގައި މިވަގުތު ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު