އިންޑިއާގެ ދިއްލީގައި ދެ ދަރިވަރެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެއެވެ.
މިދިޔަ ހުކުރުދުވަހު ދެ ދަރިވަރުންގެ މެދުގައި ހިނގި މާރާމާރީއެއްގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ހާދިސާ ހިނގާފައިވަނީ ދިއްލީގައި އޮންނަ އޯކްލާގެ އަވަށެއްގަ އެވެ. ދެ ދަރިވަރުންގެ މެދުގައި މައްސަލަ ހޫނުވެފައިވަނީ ޖޫނިއާ ގުރޭޑުގައި ކިޔަވަމުންދިޔަ ދަރިވަރުގެ މަންމައަށް ސީނިއާ ގުރޭޑުގައި ކިޔަވަމުންދިޔަ 17 އަހަރުގެ ކުއްޖާ ބަދުބަސް ބުނެ ހެދުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަށް ޓަކައި މަންމަ ގާތުން މާފަށް އެދުމަށް ބުނުމުން އެކަމަށް އިންކާރު ކޮށްފައިވާތީ، ދަށް ގުރޭޑުގައި ކިޔަވަމުން ދިޔަ ދަރިވަރު ވަނީ އޭނާއަށް ވަޅިން ހަމަލާދީފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ޓެކްހަންދުގައި ހުންނަ މަތީ ސާނަވީއަށް ކިޔަވައިދޭ ސަރުކާރު ސުކޫލުގެ ބޭރުގައި ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މާރާމާރީ ހިންގި ދެ ދަރިވަރުންވެސް ތިބީ ސުކޫލު ޔުނީފޯމުގައި ކަމަށާއި ފުލުހުން ވަނީ އެތަނަށް ގޮސް، ޒަހަމުވި ދަރިވަރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން އަންނަނިކޮށް އެ ދަރިވަރު މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
މެޑިކަލް ރިޕޯޓުތަކަށް ބަލާއިރު އެކުއްޖާގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ކްރައިމް އަދި ފޮރެންސިކް ޓީމުން މާރާމާރީ ހިންގި ސަރަހައްދަށް ގޮސް ދިރާސާ ކޮށްފައިވާއިރު ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ހަމަލާދިން ކުއްޖާގެ މައްޗަށް ވަނީ އުފުލައިފައެވެ.
މި މައްސަލަ ދިއްލީ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް