މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެއްވެސް ސިޔާސީ ޕާޓީއަކާ ދެކޮޅަށް މަސައްކަތެއް ނުކުރާނެ ކަމަށް އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމްއާރްއެމުން މަސައްކަތް ކުރާނީ ހުރިހާ ސިޔާސީ ޕާޓިތަކާއި ގުޅިގެން ރައްޔިތުންނާއި ގައުމުގެ މަންފާއަށް ކަމަށެވެ.
"އެމްއާރްއެމަކީ ވަކި ބަޔަކާ ނުވަތަ ޕާޓީއަކަށް ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން. އަޅުގަނޑުމެން އަބަދުވެސް އިސްކަން ދޭނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އަދި އެހެން ޕާޓީތަކާ ގުޅިގެން ގައުމުގެ މަސްލަހަތައްޓަކައި މަސައްކަތް ކުރުމަށް" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްކަމުން އެ ކޯލިޝަން ވަރުގަދަކުރަން ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެމްއާރްއެމުން ކުރިއަށް އޮތް ތަނުގައި ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގައި ދިމުގްރާތީ ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮންގުރެސްގައި އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވަނީ ހޮވިފައެވެ. މައުމޫން ހޮވިވަޑައިގަތީ ޕާޓީގެ ޒައީމްކަމުގެ މަގާމަށެވެ. ރައީސް ކަމަށް ފާރިސް ހޮވި އިރު، ނާދިރާއަކީ ޕާޓީގެ އަންހެން ނައިބު ރައީސެވެ. އަދި ފިރިހެން ނައިބު ރައީސަކީ ޝަޒައިލް ޝިޔާމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު