ހުމާއި ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އޭޑީކޭގައިވެސް ފުލޫ ކުލިނިކެއް ހުޅުވައިފިއެވެ.

އޭޑިކޭ އިން މިއަދު ބުނީ ހުން އައިސްގެންނާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލުގެ އޯޕީޑީއަށާއި އެމަޖެންސީ ރޫމަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި މިހާރު ފުލޫ ކުލިނިކެއް ގާއިމުކޮށްފައިވާ ކަމަށް ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލަށް ވެހިކަލް ވަދެ ނުކުންނަ ދޮރާ ދިމާލުގައި ހުންނަ ހެލްތު ސެންޓަރުގައި ހަދާފައިވާ ފުލޫ ކުލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ލިބޭނެއެވެ.

އޭޑީކޭ އިން ވަނީ ހުންއައިސް ރޯގާޖެހިފައިވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަށާއި ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީއަށް ދިއުމުގެ ބަދަލުގައި މިހާރު ގާއިމުކޮށްފައިވާ ފުލޫ ކުލިނިކަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

އައިޖީއެމްއެޗުންވެސް ވަނީ އެ ހޮސްޕިޓަލަށް ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުން ގިނަވެ، ކުރީގެ އެފްއޭއެމް އިމާރާތުގައި ފްލޫ ކްލިނިކެއް ހުޅުވައިފައެވެ.