މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމުލަ ރިޒާވަށް 17.2 މިލިއަން ޑޮލަރު އިތުރުވެއްޖެއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 874.3 މިލިއަން ޑޮލަރެވެ.
މިއީ މިދިޔަ އަހަރުގެ އޯގަސްޓު މަހު ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރި 569.8 މިލިއަން ޑޮލަރާ އަޅައިބަލާ އިރު، 304.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މެއި މަހު ނިމުނުއިރު ރާއްޖޭގެ ޖުމުލަ ރިޒާވުގައި 926.6 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިމުނު އިރު، އެ އަދަދު ވަނީ 912.36 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ 14 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ.
ރާއްޖޭގެ ރިޒާވަށް ކުރިއެރުން ލިބެމުން އަންނަ އެއް ސަބަބަކީ ކޮވިޑަށްފަހު ޓޫރިޒަމް ރަނގަޅުވަމުން ދިއުމާއި ދައުލަތަށް އެކި ގޮތްގޮތުން ބޭރުން ލޯނު އަދި އެހެނިހެން އެހީގެ ގޮތުގައި ލިބޭ ފައިސާ ޖަމާވަމުން ދިއުމެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި