އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗުގެ ލައިވްއަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ސާފް ޗެމްޕިއަންޝިޕުގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގްލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގުލަދޭޝްގެ ކޮވިޑު ހާލަތު އޮތް ގޮތުން.
ރާއްޖެއިން މީގެ ކުރިން ދެފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ނޭޕާލަށް އަދި މިހާތަނަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވޭ. ރާއްޖެއިން މިހާތަނަށް މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު. އެންމެފަހުން 2018 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެން. މިފަހަރު ރާއްޖެއިން ނުކުންނަނީ ތަށި ދިފާއުކުރަން.
- ރާއްޖެ - އަލީ އަޝްފާގު
އަލީ އަޝްފާގު (ދަގަނޑޭ)އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނެ އަދި އެންމެ މޮޅު ކުޅުންތެރިޔާ. ދަގަނޑޭއަކީ މި ސަރަހައްދީ ފުޓުބޯޅައިގެވެސް ލެޖެންޑެއް. ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށްވެސް ދަގަނޑޭއަކީ އާ މޫނެއް ނޫން. އޭނާއަކީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 20 ގޯލު ދަގަނޑޭ ޖަހާފައިވާ އިރު، އެންމެ ގާތުން ވާދަކުރާ ސުނިލް ޗެތުރީއަށް ޖެހިފައި ވަނީ 13 ގޯލު. ލެޖެންޑަރީ ދަގަނޑޭގެ ކެރިއަރުގެ ފަހު ކޮޅަށް މިހާރު ވަނީ މިސްރާބު ޖަހައިފައި. އުމުރުން 36 އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތް.
ގައުމީ ޓީމަށް 70 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކިރަންއަކީ ނޭޕާލްގެ އިތުބާރު ގޯލްކީޕަރެއް. ސަރަހައްދުގެ އެންމެ ވަރުގަދަ ލީގުތަކުގައި ކިރަން ކުޅެ، ތަޖުރިބާތައް ހޯދާފައިވާ އިރު، އޭނާއަކީ ގައުމީ ޓީމުގެ ކެޕްޓަން. ނޭޕާލްއިން ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކިރަން. ކިރަންގެ އުމުރުން 31 އަހަރު ވެފައިވުމާއެކު އޭނާގެ ކެރިއަރުގެ ކާމިޔާބީތަކަށް ސާފް ޗެމްޕިއަންޝިޕެއް އިތުރު ކޮށްލުން ވެގެންދާނީ މައިގަނޑު ޓާގެޓަކަށް.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް