ޚަބަރު

އުރީދޫ ކަސްޓަމަރުންނަށް 60 ޕަސަންޓާ ހަމައަށް އިތުރު ޑާޓާއާއެކު އަގުހެޔޮ ޕެކޭޖުތަކެއް

އަލީ ޔާމިން

1

ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫގެ އިންޓަނެޓް ޕެކޭޖުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އުރީދޫން ބުނީ، ޕްރީޕެއިޑް ކަސްޓަމަރުންނަށް %60 އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާ އިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް %25 އިތުރު ޑޭޓާއާއެކު، ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި %80 އާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް ގެނައި ހެޔޮ ބަދަލާއެކު %60 އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއެކު %38 އާ ހަމައަށް ޑޭޓާގެ އަގުވެސް ހެޔޮކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %29 އާ ހަމައަށް ޑޭޓާގެ އަގު ތިރިކޮށް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 އިތުރު ޑޭޓާ އަދި އިތުރު %80 ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ހާއްސަ އޮފާއެއްގެ ދަށުން މިއަހަރުގެ ނިޔަލަށް %80 އާ ހަމައަށް އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މާދަމާއިން ފެށިގެން އަގުހެޔޮ ޕެކޭޖުތައް އުރީދޫ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އުރީދޫގެ އިތުރުން ދިރާގުންވެސް ވަނީ އަގުހެޔޮ އިންޓަނެޓް ޕްލޭންތަކެއް ތައާރަފުކޮށްފައެވެ.