ހިޔާ ފުލެޓުތައް ލިބުނު އިތުރު 70 މީހަކު ފުލެޓު ލިބޭ ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރު 12:00 އާ ހަމައަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މިއަދު އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައިވަނީ އެއްބަސްވުން ފުރިހަމަކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކެވެ.
އެޗްޑީސީން ބުނީ ބޭނުންވާ މައުލޫމާތު ފުރިހަމަނުކޮށް ތިބި މީހުން އެއްބަސްވުމުގައި ސޮއިކުރަންދާ އިރު، ހުރިހާ ލިޔެކިޔުމެއް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ލިޔެކިޔުން ހިފައިގެން ދިއުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި ޕަވާ އޮފް އެޓާނީ ހާޒިރުވާނަަމަ ހެކިވެރިޔަކު ގެންދަން ޖެހޭނެ ކަމަށެވެ.
ހިޔާ ފުލެޓުތައް ލިބުނު މީހުން ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، ބައެއް މީހުން ވަނީ ފުލެޓުތަކުގައި ދިރިއުޅެން ވެސް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު