މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ހަތަރު ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅައިލުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން ފެން ކަނޑާލާނީ މިރޭ 11:00 އިން ދަންވަރު 3:00 އަށް ކަމަށް އެކުންފުނިން ބުންޏެވެ.

  • ސަނދުބަރަކާ ގޯޅިއާއި ކަސްތޫރިމަގާއި ދެމެދުން، ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން
  • އަމީރު އަހުމަދު މަގާއިި ވައިލެޓްމަގާއި ދެމެދުން ސީސަންމަގާއި ދުނބުރި މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން

އެމްޑަބްލިޔުއެސްސީން ވަނީ ފެނުގެ ހިދުމަތް ކަނޑާލާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަަށް އެދިފައެވެ.