ޓިކްޓޮކުގައި ބަރަހަނާވި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބަރަހަނާ ވީޑިއޯ ހަދައި ޓިކްޓޮކުގައި އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މުހައްމަދު ނަބީލް (ޔާޔާ)، 36އ، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ނަބީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދުގެ މުއްދަތު 12 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
ނަބީލް މީގެ ކުރިން ވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށް ބުނެ، އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެއް ކަމަށް ބުނެފައެވެ. އަދި ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.
ބަރަހަނާ ވީޑިއޯ އާންމުކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކުރި ނަމަވެސް ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ.
ޝަރީއަތުގައި މީގެ ކުރިން ފުލުހުން ބުނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު