ހިޔާ ފްލެޓުތަކަށް ކަރަންޓުލުމަށް އެގްރީމެންޓް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން ކަނެކްޝަން ލިބިފައިނުވާ ފަރާތްތަކަށް އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހިޔާގެ 6720 ފްލެޓުގެ ތެރެއިން މިހާތަނަށް އެ ކުންފުނީގެ ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. އޭގެ ތެރެއިން އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ 5828 ފަރާތަކުންނެވެ. އެއީ ކަނެކްޝަނަށް އެދުނު ފަރާތްތަކުގެ 95 ޕަސަންޓެވެ.

އެކިއެކި ސަބަބުތަކާ ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައިނުވަނީ 280 ފަރާތަކަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއީ އެގްރީމަންޓު ހެދި ފަރާތްތަކުގެ ފަސް ޕަސަންޓެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ހޯދުމަށް އޮންލައިންކޮށް އެދެވޭ ލިންކު: https://www.stelco.com.mv/hiyaa-connection-request