ފޮޓޯއެއް ޑޫޑުލްކޮށްގެން ދިއްލީއަށް ދިއުމުގެ ފުރުސަތު މޯލްޑިވިއަނުން ހުޅުވާލައިފިއެވެ.

މޯލްޑިވިއަނުން ބުނީ އިންޑިއާގެ ނިއުދިއްލީއާއި މާފަރާ ދެމެދު ކުރާ ދަތުރުތައް ޕްރޮމޯޓްކުރަން މިއަދު އެ ކުންފުނިން ފޮޓޯއެއް ޑޫޑުލް ކުރުމުގެ މުބާރާތެއް ފަށާފައިވާ ކަމަށެވެ.

މި މުބާރާތުގެ ގްރޭންޑް ޕްރައިޒްއަކީ ދިއްލީ ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުމުގެ ހަރަދު ކަމަށާއި މި މުބާރާތް ކުރިއަށްގެންދާނީ ހަމައެކަނި ފޭސްބުކުގައި ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

ދިއްލީ ދަތުރު ލިބޭނީ ޑޫޑްލްކޮށް ކޮމެންޓް ކުރުމަށްފަހު އެންމެ ގިނަ ލައިކްސް/ރިއެކްޝަން ލިބޭ ކޮމެންޓަކަށް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މި މުބަރާތުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

މާފަރާއި ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 21 ވަނަ ދުވަހުއެވެ. މާފަރުން ނިއުދިއްލީއަށް ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ގައުމީ އެއާލައިނުން ވަނީ ބުނެފައެވެ. އެގޮތުން އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާފަރުން ދަތުރު ކުރާނެ ކަމަށް ގައުމީ އެއާލައިނުން ބުނެއެވެ. އަދި ދިއްލީން ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށްވެސް ބުންޏެވެ.

މާފަރުން ދިއްލީއަށް ދެކޮޅު ޓިކެޓު ފެށޭ އަގަކި 285 ޑޮލަރެވެ. ދިއްލީން މާފަރަށް ދެކޮޅު ޓިކެޓުގެ އަގަކީ 312 ޑޮލަރެވެ.

މި ދަތުރަކީ ކޮވިޑަށްފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ އާ ރޫޓު ކަމަށްވެސް އެ އާލައިނުން ވަނީ ބުނެފައެވެ.