"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ބާއްވަން ނިންމާފައިވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅުން މި ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ވަނީ ފަސްކޮށްފައެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ބާއްވަން ނިންމާފައިވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
ޝުޖާއު ވަނީ ޕީޕީއެމާއި ޕީއެންސީ އަދި ގައުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުން އެ ޖަލްސާއަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވައިފައެވެ.
"މިނިވަންކަމުގެ ދިފާއުގައި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ ހާއްސަ ކެމްޕެއިނުގައި ބައިވެރިވުމަށް ވަނީ ޕާޓީތަކަށް ދައުވަތުދީފައެވެ. ނަމަވެސް އެ ކޯލިޝަނުން ދައުވަތު ފޮނުވި އެއްވެސް ޕާޓީއެއް ދައުވަތު ގަބޫލުކޮށްފައިނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު