އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ 19 ގަވާއިދަކަށް އަމަލު ކުރުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި އިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ ގަވާއިދުތަކަށް އަމަލު ކުރަން ފާސްކޮށްފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ އޭގައި ހިމެނޭ ދެ ގަވާއިދެއް އުނިކޮށް ދެން އޮތް 19 ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
މުއްދަަތު އިތުރު ނުކުރުމަށް ނިންމާފައިވާ ދެ ގަވާއިދަކީ، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކޮށް ހިންގުމުގެ ގަވާއިދާއި، ދިވެހި ރާއްޖޭގެ ތަފާސް ހިސާބުގެ ގަވާއިދެވެ. މި ދެ ގަވާއިދާ ބެހޭ ގާނޫނު ހަދައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ގަވާއިދުގެ މުއްދަތު އިތުރު ކުރުމުގެ އިތުރުން، އެ ގަވާއިދުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ބިލުތަކުގެ ތެރެއިން ނުނިމި ހުރި ބިލުތަކުގެ މަސައްކަތް ނިންމައި، ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ދިނުމަށް އެޓާނީޖެނެރަލްގެ އޮފީހަށް ދެންނެވުމަށާއި، އެ ގަވާއިދުތަކަށް އަމަލު ކުރުމަށް އިތުރު ކުރި މުއްދަތުގެ ތެރޭގައި ބިލުތަކުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކޮށް ނިމެން ޖެހޭ ގޮތަށް މަސައްކަތް ކޮށްދިނުމަށް ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކެއްގައި ދެންނެވުމަށް ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އެކަންތައް ފާސްކުރުމަށް، ގަވާއިދު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓު ހުށަހަޅުއްވަމުން، ގަވާއިދު ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، އެ ގަވާއިދުތަކާބެހޭ ގާނޫނުތައް ހެދެންދެން އެތަކެއްޗަށް ގާނޫނީ ބާރު ދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.
ދެ ބިލެއް ފިޔަވައި އެ ގަވާއިދުތަކާބެހޭ ހުރިހާ ބިލުތަކެއް މިހާރު މަޖިލިހަށް ފޮނުވާފައިވާ ކަމަށާއި، އެކަމަށް ޓަކައި ބަންޑާރަނާއިބު އިބްރާހިމް ރިފްއަތަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގވާއިދު،
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާބެހޭ އާއްމު ގަވާއިދު
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް ރާއްޖެއަށް އެތެެރެ ކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގައ ގަވާއިދު
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު
މާލެ ޕްލޭނިންގ ގަވާއިދު
ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުުގެ ގަވާއިދު
ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު
ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ަގވާއިދު
އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަންސް
ރެގިއުލޭޝަން ފޯ ފައިނޭންސް ލީސިން ކޮމްޕެނީޒް އެންޑް ފައިނޭންސް ލީޒިން ޓްރާންސެކްޝަން 2001
ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދު
ދިވެހި ރާއްޖެއަށް ދޫނި އެތެރެ ކުރުމުގެ ގަވާއިދު
ދިވެހި ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑަށް އަމަލު ކުރުމުގެ ގަވާއިދު
ރީބްރޯޑްކާސްޓް ކުރާ ޗެނަލް ކްލެސިފައި ކުރުމުގެ ގަވާއިދު
ދިވެހި ރާއްޖޭގައި ޝާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު
ކޮލެޖްތަކާއި ޓާޝަރީ އިންސްޓިޓިއުޓްތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު
ޝަރީއަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.1
ޝަރީއަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދު
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ