ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ހަދަން ޖެހޭ މުއްދަތަށް ނުހަދާ ފަރާތްތަކަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުންނެވެ.
މިކަމާބެހޭ ގޮތުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަހުސް ކުރުމަށްފަހު، ގާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގެ ތަފާސްހިސާބު ބެލުމަށާއި ގަވާއިދު އެކުލަވާން ގާނޫނުގައި ދީފައިވާ މުއްދަތު ހަމަވެފައިވާ ގަވާއިދުތަކުގެ މައުލޫމާތު ހޯދައި ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް އިދާރީ މޭޒާ ވަނީ ކޮމިޓީން ހަވާލުކޮށްފައެވެ.
މަޖިލީހުން ހަދާ ގާނޫނު ތަކުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަމާބެހޭ ގާނޫނުތައް ނުހެދުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވާތީ ކޮމިޓީގައި ވަނީ ބަހުސް ކޮށްފައެވެ.
ގަވާއިދުތައް ނުހަދައިގެން ކޮމިޓީއަށް މައްސަލަ ހުށަހެޅި އިދާރާތަކުގެ ތެރޭގައި، ހޯމް މިނިސްޓްރީ ހިމެނެއެވެ.
އެ މިނިސްޓްރީން ކޮމިޓީގައި ބުނެފައިވަނީ، ފާހަގަ ކޮށްފައިވާ ގަވާއިދުތައް އެކުލަވާލެވިފައި ވަނީ އިނގިރޭސި ބަހުން ކަމަށްވާތީ، ޓެކްނިކަލް ބޭފުޅުންނާ ގުޅިގެން އެ ޑްރާފްޓް ދިވެހި ބަހުން އެކުލަވާލައި، ވަރަށް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތްތައް ނިންމައިލެވޭނެ ތާރީހެއް އޮޅުން ފިލުވައިދޭން މިނިސްޓްރީގައި އެދޭން ކޮމިޓީ ބައްދަލުވުން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް