ޔޫރަޕަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ މާފު ކުރާ ފަދަ، ހުށަހެޅުމެއްް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ލިބިފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 11 ޕަސެންޓްގެ ޑިއުޓީ މާފު ކުރެވޭވަރުގެ ހުށަހެޅުމެއްް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
އެކަމާބެހޭގޮތުން ވަރަށް ފަހުންވެސް އީޔޫގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތުގައި، މަސައްކަތް ކުރާ ގައުމުތަކަށް ޑިއުޓީ އެޒެމްޕްޝަނެއް ދޭން އީޔޫއިން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތް ނިމުމުން އީޔޫއަށް މިހާރު މި ދައްކާ ޑިއުޓީ ނުދައްކައި، މަސައްކަތް ކުރެވުމުން މަހުގެ އަގު މައްޗަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން